logoEN
Sto top
ދެ ބޭހަކުން ނުރައްކާތެރި ކެމިކަލްތަކެއް ފެނުމުން ސަމާލުވާން އަންގައިފި

ދެ ބޭހަކުން ނުރައްކާތެރި ކެމިކަލްތަކެއް ފެނުމުން ސަމާލުވާން އަންގައިފި

އަހުމަދު ޝުރާއު

logo

11/26/2024, 11:06:08 AM

# އެމްއެފްޑީއޭ

--

ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހަކުން ނުރައްކާތެރި ދެ ކެމިކަލެއް ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

Wamco

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް އަދި އީތައިލިން ގްލައިކޯލް ފެނިފައިވަނީ ޕާކިސްތާނުން އުފައްދައި މެފްނެކްސަސްޕެންޝަންގެ 50 މިލިގްރާމް (މެފެނަމިކް އެސިޑް) އަދި މެލޭޝިއާގައި އުފައްދާ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން 125 މިލިގްރާމް (މެފެނެމިކް އެސިޑް) އިން ކަމަށެވެ.

މި ވަގުތު މި ދެ ބޭހުގެ ކޮންފަމޭޓްރީ ޓެސްޓު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް އެމް.އެފް.ޑީ.އޭ އިން ދަނީ ކުރަމުންނެވެ. އެހެން ކަމުން އެމް.އެފް.ޑީ.އޭ.އިން ވަކި އެއްޗެއް އަންގަން ދެން އެ ދެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.

ވިމާ ބޭސްފިހާރަތަކުގައި ހުރި މި ބޭހުގެ ސްޓޮކްތައް ވެސް ވަކިކޮށްފައި ބެހެއްޓުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ މާކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރު ކުރުމަށްޓަކައި ބޭސްފިހާރަތަކުގައި ހުންނަ ބޭހުގެ ސާމްޕަލް ނަގައި ސްކްރީން ކުރުމުގެ މަސައްކަތް މެދުނުކެނޑި އެމްއެފްޑީއޭއިން ކުރިއަށްގެންދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside