ސްކިލްސް އެންހޭންސްމަންޓް ޕްރޮގްރާމް ފޯރ ސޯޝަލް ވަރކަރސްގެ ދެވަނަ ބެޗްގެ ސެޝަންތައް ފަށައިފި
އަހުމަދު ޝުރާއު
11/23/2024, 5:56:42 PM
--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއް ގޮތަށް، މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން، އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޯޝަލް ވޯކަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސްކިލްސް އެންހޭންސްމަންޓް ޕްރޮގްރާމް ފޯރ ސޯޝަލް ވަރކަރސްގެ ދެވަނަ ބެޗުގެ ސެޝަންތައް މިއަދު ފަށައިފިއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބެޗް ކުރިއަށް ގެންގޮސްފައިވަނީ 12،13،14 އަދި 16 ނޮވެމްބަރު 2024 ގައެވެ. ދެެވަނަ ބެޗުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 ނޮވެމްބަރުން 28 ނޮވެމްބަރުގެ ނިޔަލަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، މިވުޒާރާގައި މަސައްކަތް ކުރާ ސޯޝަލް ވޯކަރުންނަށް ބޭނުންވާ ފަންނީ ޢިލްމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމެވެ. އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި، އެއްމިންގަނޑަކުން އަމަލު ކުރެވޭކަން ކަށަވަރުކުރުމާއި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން، ހުށަހެޅޭ މައްސަލަތަކުގައި، ކުރެވޭ ވޭދަނައިގެ މަސައްކަތުގައި، މިވަގުތު ކޭސް ވޯކަރުންނަށް ކުރިމަތިވެފައިވާ ފަންނީ ގޮންޖެހުންތައް ދެނެގަނެ، ތަމްރީނުފޯރުކޮށް ދެވިގެންދާނެއެވެ.
މި ވުޒާރައިގެ މައިގަނޑު އެއް އަމާޒަކީ، ވަށާޖެހޭފަދަ ޚިދުމަތްތަކެއް ޢާއިލީ ނަޒަރަކުން ފޯރުކޮށްދީ، ހުށަހެޅޭ މައްސަލަތަކުގައި ކޮންމެ ޢާއިލާއަކަށް ކޭސްވޯކަރަކު ހަމަޖެހި، ލުއިފަސޭހަ ގޮތެއްގައި، އިތުބާރު ކުރެވޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. އަދި، މި ތަމްރީނު ޕްރޮގްރާމްގެ ޒަރީއާއިން މި އަމާޒަށް ވާސިލުމުވަށް ސޯޝަލް ވޯކަރުން ތަމްރީނު ކުރެވިގެންދާނެއެވެ.
މިގޮތުން މި ޕްރޮގްރާމުގެ ޒަރީއާއިން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު ތަކުގައި މަސައްކަތް ކުރާ ކޭސްވަރކަރުން މިހާރު ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މިހާރު ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ހަރުދަނާ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ.