ފަތުރުވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މިނިސްޓީރިއަލް ފެންވަރުގައި ބޭއްވި ފުރަތަމަ ބައްދަލުވުގައި ރާއްޖެއިން ބައިވެރިވެއްޖެ
އަހުމަދު ޝުރާއު
11/21/2024, 8:38:33 AM
--
ފަތުރުވެރިކަމުގެ ދާއިރާގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި ގުޅޭ މިނިސްޓީރިއަލް ބައްދަލުވުމުގައި ރާއްޖޭގެ އެންވަރަމެންޓު މިނިސްޓަރު މިނިސްޓަރ ޠާރިޤު އިބްރާހީމް ބައިވެރިވަޑައިގެންފި އެވެ.
މި ބައްދަލުވުމަކީ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މުއާހަދާގެ 29 ވަނަ ބައްދަލުވުމުގެ (ކޮޕް29) ހަވާސާގައި، އެ ބައްދަލުވުމުގެ ރިޔާސަތުން އިންތިޒާމްކޮށްގެން ބޭއްވި ބައްަލުވުމެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ތޯރިގު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދެމެހެއްޓެނެވި ފަތުރުވެރިކަން ކުރިއަރުވާ ތަރައްގީކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ތަގުރީރުކުރައްވާފައި އެވެ.
މިނިސްޓަރ ޡާރިގް އިބްރާހިމް ވާހަކަފުޅު ދައްކަވަމުން ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ރާވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވެވިއެވެ. މިގޮތުން، ކަނޑޫފާފަދަ ކާބަން ހިފަހައްޓާ މާހައުލުތައް ރައްކާތެރިކުރުމާއި އާލާކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ހަރަކާތްތެރިވާ ފަރާތްތަކާއި ރަށު ފެންވަރުގައި ކުރަމުންގެންދާ އެކި މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަދު އިންތިޒާމުކޮށް ބޭއްވި ބައްދަލުވުމަކީ ކޮޕްގެ ހަވާސާގައި ފަތުރުވެރިކަމާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މިނިސްޓީރިއަލް ފެންވަރުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.