
މަޖިލިސް ސަރަހައްދުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީއެންސީގެ އެކްޓިވިސްޓުން މުޒާހަރާކުރަނީ
# ރާއްޖޭގެ ސިޔާސީ މަސްރަހު--
އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން މަޖިލިސް ސަރަހައްދުގައި މުޒާހަރާކުރަމުން ދަނިކޮށް ޕީއެންސީއަށް ނިސްބަތްވާ އަދި މިހާރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތައް އެސަރަހައްދަށް އެއްވެއްޖެ އެވެ.

އެމްޑީޕީއިން މިއަދު މަޖިލީސް ކައިރީގައި މުޒާހަރާ ކުރަން ފެށީ މިހާރު މަޖިލީހުގައި ކުރިޔަށްދާ ގާނޫނޫ އާސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތާއި ދެކޮޅަށެވެ. އެގޮތުން ޕާޓީ ބަދަލުކުރުމުން މެމްބަރުކަން ގެއްލޭ އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނޫ އަސީސީގައި ލިޔެވިފައިވާ ގާނޫނަކަށް ހެދުމަށް ވެރިކަން ކުރާ ޕީއެންސީން މިއަދު ވަނީ މަޖިލީހަށް ވައްދާފައި އެވެ. އެގޮތުން މިއަދު ވެއްދި އިސްލާހުގައި ވާގޮތުން ނަމަ ޕާޓީން މެމްބަރު ވަކިކުރުމުންވެސް އެމެމްބަރެއްގެ މަގާމު ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅާފައި އެވެ.
މިކަމާއި ދެކޮޅަށް މިއަދު މެންދުރު އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕާއި ސަޕޯޓަރުން ވަނީ މަޖިލިސް ކުރާ ގެ ސަރަހައްދުގައި އިހްތިޖާޖު ފަށާފައި އެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ފަހުން ވެރިކަން ކުރާ ޕީއެންސީގެ އެކްޓިވިސްޓުންތަކެއް ވަނީ އެސަރަހައްދަށް ގޮސް އެމްޑީޕީން ގައުމު ހަލަބޮލި ކުރަން ފުރުސަތު ނުދޭނެ ކަމަށް ބުނެ އިހްތިޖާޖެއް ފަށާފައި އެވެ.
އެމްޑީޕީން ބުނީ މުޒާހަރާ ކުަމުން ދަނީ ރައްޔިތުންނާއި އެއްވެސް މަޝްވަރާ ކުރުުމެއް ނެތި ކުއްލި ގޮތަަކަށް ސަރުކާރުން ގާނޫނުއަސާސީ ބަދަލު ކުރާތީ އެކަމާއި ދެކޮޅަށް ކަމަށެވެ.
މިއާއި އެކު އެސަރަހައްދުގެ މަޝްރަހު ހޫނު ވާން ފެށުމާއި އެކު ފުލުހުން ވަނީ ދެ ޕާޓީގެ ފަރާތުން އިހްތިޖާޖު ކުރާ ފަރާތްތައް މަޖިލިސް އިދާރާއާއި ދުރަށް ޖައްސާފްއި އެވެ.
ގުޅުންހުރި

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މުންދު

ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

މަޖިލިސް ސަރަހައްދުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީއެންސީގެ އެކްޓިވިސްޓުން މުޒާހަރާކުރަނީ




