logoEN
cocacola

އިންޓަރ ސްކޫލް ހޭންޑްބޯޅަ ފިއެސްޓާގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

ހޭންޑްބޯޅަ މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން، ބާއްވާ މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ ފިއެސްޓާ މިއަދު ހެނދުނު ފަށައިފިއެވެ.

ގޮސިޔާ

ހޭންޑްބޯޅަ މޯލްޑިވްސްގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި މިމުބާރާތުގައި 22 ސްކޫލަކުން 40 ޓީމު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ފިރިހެން ޓީމާއި 18 އަންހެން ޓީމެވެ. އަދި ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ މެޗުތައް މިއަދާއި މާދަމާ ވެސް ހެނދުނާއި ހަވީރު ކުރިއަށްދާނެއެވެ.

މީގެ އިތުރުން ކުރިން އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ބާއްވަމުން އައީ 12 އަހަރުން ދަށުގެ ކުދީންނަށެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ޚާއްސަކުރެވިފައިވަނީ ގުރޭޑް ފަހެއް އަދި ހައެއްގެ ދަރިވަރުންނަށެވެ.

މުބާރާތުގެ ދެޑިވިޝަނުގެ މެޗުތައް ވެސް ކުރިއަށްދަނީ ގުރޫޕް ސްޓޭޖުކުޅެ ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް ކުޅޭގޮތަށެވެ. އެގޮތުން ގުރޫޕް ސްޓޭޖު މެޗުތަކުގައި ޓައިމްއައުޓެއް ނެތި އަށް މިނެޓްގެ ދެހާފު ކުޅޭއިރު، ކުއާޓާ ފައިނަލުން ފެށިގެން މެޗު އެއްވަރުވެއްޖެނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީގައެވެ. އެގޮތުން ކޮންމެ ޓީމަކުން ވެސް ހަތް މީޓަރ ފަސް ޕެނަލްޓީ ޖަހައިގެން ނަތީޖާ ނުނެރެވިއްޖެނަމަ އެއްލަނޑުގެ ތަފާތުން ދެޓީމުންކުރެ ކޮންމެ ވެސް އެއްޓީމެއް މޮޅުވަންދެން ޕެނަލްޓީ ޝޫޓް ކުރިއަށް ގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ