logoEN
cocacola
ބީއެމްއެލްގެ ހިދުމަތްތަކަށް މިރޭ ބުރޫއަރާފާނެ!

ބީއެމްއެލްގެ ހިދުމަތްތަކަށް މިރޭ ބުރޫއަރާފާނެ!

އަހުމަދު ޝުރާއު

logo

11/14/2024, 5:38:37 PM

# ބީއެމްއެލް

--

ރާއްޖޭގެ ގައުމީ ބޭންކު ކަމަށްވާވ ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ހިދުމަތްތަކަށް މިރޭ ބުރޫ އަރާފާނެ ކަމަށް އެބޭންކުން ބުނެފި އެވެ.

ގޮސިޔާ

ބީއެމްއެލްއިން މިއަދު އެކްސްގައި ކުރި އިއުލާނެއްގައި ބުނީ ޝެޑިއުލް މެއިންޓެނެންސްގެ މަސައްކަތަކާއި ގުޅިގެން އެބޭންކުން ދެމުންދާ އިންޓަނެޓް ބޭންކިން، އޭޓީއެމް، ޕީއޯއެސް މެޝިން، ޕޭމަންޓް ގޭޓްވޭ، ޑޮލަރު ބުކިން ޕޯޓަލް އަދި ފަވާރާގެ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ.

އެގޮތުން މި މެއިންޓެނެންސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިރޭގެ މެންދަމު 02:30 އިން ފެށިގެން ފަތިހު 05:30 ގެ ނިޔަލަށް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ބީއެމްއެލްގެ ހިދުމަތްތައް 15-30 މިނެޓުގެ މުއްދަތަކަށް މެދުކަނޑިގެންދާނެ ކަމަށެވެ.

ބީއެމްއެލުން ވަނީ މި ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ