logoEN
Sto top
 ދިއްގަރުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ހުޅުވައިފި

ދިއްގަރުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ހުޅުވައިފި

އަހުމަދު ޝުރާއު

logo

11/14/2024, 1:12:39 PM

# މ. ދިއްގަރު

--

މ. ދިއްގަރު ޞިއްޙީ މަރުކަޒުގައި ޤާއިމުކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ.

Wamco

މި ކްލިނިކް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކްލިނިކް ބައްލަވާލައްވައި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ކްލިނިކް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިއްގަރު ޞިއްޙީ މަރުކަޒުގެ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މި ރަސްމިއްޔާތުގައި، ދިއްގަރު ޞިއްޙީ މަރުކަޒުގެ ފަރާތުންނާއި އަދި ދިއްގަރު ކައުންސިލް އިދާރާގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މ. ދިއްގަރަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު މ. ދިއްގަރު ސްކޫލުގައި ބާއްވާ ހަކުރުބަލީގެ ދުވަހުގެ ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside