
ވައްކަމުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންގޮސްފި
# ދިވެހި ފުލުހުންގެ ޚިދުމަތް--
ވައްކަމުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލެ ފޭސް 2 ނެއިބަހުޑް ސަޕޯޓް އަދި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ނޮވެމްބަރު 11 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތް އަމާޒުކޮށްފައިވަނީ ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށެވެ.
މި ހަރަކާތުގައި، ފޭސް 2 ގެ ޕާކު ސަރަހައްދުން ރައްޔިތުންނާ ބައްދަލުކޮށްގެންނާއި އަޑުގަދަކުރާ ބޭނުންކޮށްގެން އަދި ލީފްލެޓް މެދުވެރިކޮށްވެސް މައުލޫމާތުދީފައިވެއެވެ. އެގޮތުން، ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހިންގަމުންދާ ގޮތްތަކާއި ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސައިކަލު މިހާރަށްވުރެ ރައްކާތެރިކުރުމަށް، ޕާކުކުރާއިރު ޝަޓަރލޮކް ކުރުމަށާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ތަނެއްގައި ޕާކުކުރުމަށާ އަދި ސައިކަލު ގެއްލިއްޖެނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން ވެސް ގޯތިގެދޮރުން ހިންގާ ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެފަދަ މައްސަލަތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ. އަދި ފުލުހުންނާ ގުޅޭނެ ނަންބަރުތައް ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ. މި ހަރަކާތުގައި ހިޔާ ސަރަހައްދުގެ ނެއިބަހުޑް ވޮޗް ޓީމުތަކުގެ އާންމުން ވެސް ބައިވެރިވިއެވެ.
ގުޅުންހުރި

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ އެކަކު ހައްޔަރަށް!

ވީއައިއޭއިން ސިނގިރެޓް ކާޓަން ތަކެއް ބޭރު ކުރަން އުޅުނު ފުލުސް މީހާ ސަސްޕެންޑުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
