"ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ހަސަން ޝަމްއޫން
11/10/2024, 2:09:28 PM
ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024
ގައްދޫ ކައުންސިލުން މުޅި ހުވަދޫއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ " ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގައި ބައިވެރިވުމަށް މުއްދަތު އިތުރުކޮށްފިއެވެ.
ގައްދޫ ކައުންސިކުން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ވާގޮތުން މިމުބާރާތުގައި ބައިވެރިވުމަށް ގިނަ ޓީމްތަކުން އެދިލައްވާފައިވާތީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 28 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށް ވަނީ އިތުރު ކުރެވިފައެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ގުޅިގެން މުބާރާތުގެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަދި 9 ވަނަ މާއްދާގެ (ހ) އަދި (ށ) ވަނީ އިސްލާޙުކުރެވިފައެވެމ
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2024 ނޮވެމްބަރު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ގައްދޫ ކައުންސިލަށް ހުށަހެޅުއްވުމަށް އެއިދާރާއިން ވަނީ އެދިފައެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމު ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 2024 ޑިސެމްބަރު 12 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް ގައްދޫ ކައުންސިލްގެ އިޢުލާނާއެކު ޢާންމުކޮށްފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް އެއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް މި އިއުލާނުގައި ވެއެވެ.
މީގެ އިތުރުން ޓީމް ރެޖިސްޓްރޭޝަން ފޯމް އަދި ޓީމް ލިސްޓް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށްފަހު އިދާރާއަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ އެޓީމެއްގެ ޒިންމާއެކަމަށާއި، މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 7632233 އަށް ގުޅުއްވުމަށްވެސް އެއިދާރާއިން ވަނީ އެދިފައެވެ..