ޑީއެސްސީ އަތުން ޖީބީއަށް ތަފާތުބޮޑު މޮޅެއް
އަހުމަދު މާހު
11/2/2024, 4:00:50 PM
ޑީއެސްސީ އަދި ޖީބީ ބައްދަލުކުރި މެޗުގެ ތެރެއިން ... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި ޖީބީ އަދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ކުޅުނު މެޗު ފަސޭހަކަމާއެކު 25-45 ގެ ތަފާތުބޮޑު ނަތީޖާއަކުން ޖީބީ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 13-19 ގެ ނަތީޖާއަކުން ޖީބީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 26 ލަނޑު ކާމިޔާބުކުރިއިރު މިހާފުގައި ޑީއެސްސީއަށް ކާމިޔާބުކުރެވުނީ 12 ލަނޑެވެ.
އެގޮތުން މިމެޗިގައި ޖީބީގެ އަހުމަދު ސައިފު ނައީމް 12 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އިބްރާހިމް އަޒުހާން އަށް ލަނޑު އަދި މުހައްމަދު ފިރުނާސް އަބްދުﷲ ވަނީ ހަތް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އަބްދުﷲ ޒަހުވާން އިމްތިޔާޒް ހަތަރު ލަނޑު ކާމިޔާބުކުރިއިރު އަބްދުﷲ ޒިޔާއު އަދި އަބްދުﷲ ނާޖީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އިސްމާއިލް ސާދިމް ނައީމް އަދި އިބްރާހިމް މުސްފިރު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު ނުސޫހް، އާދިލް ޝަހީދު އަބްދުއްރަހުމާން، އަހުމަދު އިނާޝް އަދި ހަމަދު ނާބިތު ހަސަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ޑީއެސްސީގެ މުހައްމަދު މަހުދީ ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ނާބިތު އިސްމާއިލް ހަ ލަނޑު އަދި މުސްތަފާ މުހައްމަދު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އަހުމަދު ރިމާޒް ދެލަނޑު ކާމިޔާބުކުރިއިރު. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝަމްވީލް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖީބީގެ އަހުމަދު ސައިފު ނައީމް އެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި ތިން ޓީމު މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ