
ދައުރު ނިމޭއިރު މަސް ސްޓޯރޭޖް ކެޕޭސިޓީ 25,000 ޓަނަށް އިތުރުކުރެވޭނެ - ޝިޔާމް
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ# އަހުމަދު ޝިޔާމް-
މި ސަރުކާރުގެ ފަސް އަހަރުތެރޭ ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 (ފަންސަވީސް ހާސް) ޓަނަށް އިތުރު ކުރައްވާނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހަށް ހާޒިރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖޭގައި ރައްކާކުރެވޭ މަހުގެ ކެޕޭސިޓީއާއި ގުޅޭގޮތުން މެމްބަރު ނާޒިލް ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު މަސް ރައްކާކުރެވޭ ކެޕޭސިޓީއަކީ 8500 (އަށްހާސް ފަސްސަތޭކަ) ޓަނުކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު ފުރިހަމަވާއިރު ރާއްޖޭގައި މަސް ކިރުވޭ ކެޕޭސިޓީ 25000 އަށް ބަދަލުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ އިރާދަކުރެއްވިއްޔާ 250 މިލިޔަން ރުފިޔާގެ މަސް ހުރެއްޖެކަމަށްވަންޏާ އެ މަސްވެސް ސްޓޯރ ކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް. ދިވެހިރާއްޖޭގެ ސްޓޯރެޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރު ހުންނާނީ 25000 ޓަނަށްވުރެ މަތީގައި،" ވަޒީރު ވިދާޅުވިއެވެ.
މިނިސްޓްރީން އަންނަނީ ކެޕޭސިޓީ އިތުރުކުރުމުގެ ބިޔަ މަޝްރޫއެއް މިހާރުވެސް ކުރިއަށް ގެންދަމުންނެވެ.
ގުޅުންހުރި

މާރިޗް މަހު ރާއްޖެއިން 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓުކުރި!

މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރަނީ މަސްވެރިން މަހަށް ނިކުމެވޭނެކަން ކަށަވަރުކުރުން: ޝިޔާމް

މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރަކަށް ޝިޔާމް




