
ގެދޮރުވެރިޔާ ފްލެޓް ލިސްޓު އާއްމުކުރުން ނޮވެމްބަރު މަހު!
# ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ-
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓާ ގުޅޭ މައްސަލަތައް ބެލުމަށް އިތުރު ވަގުތު ބޭނުންވާތީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކުރެވޭނީ ނޮވެމްބަރު މަހު ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ލިސްޓް އަލުން ބަލައި، ޙައްޤު ފަރާތްތަކަށް ފްލެޓު ލިބޭކަން ކަށަވަރުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންކަމުން ހައުސިންގ ޔުނިޓް ލިބޭމީހުންގެ ދާއިމީ ލިސްޓު އާއްމުކުރެވޭނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ތެރޭގައިކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
މިދިޔަ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމުކުރީ ދައުރު ނިމެން ގާތްވެފައި ވަނިކޮށެވެ. ނަމަވެސް އެ ލިސްޓާ ގުޅިގެން ގިނަބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމުން, އެ ކޮމިޝަނުން ވަނީ ފްލެޓް ހަވާލުކުރުން މަޑު ޖައްސާލުމަށް އޭރުގެ ސަރުކާރަށް އަންގާފައެވެ.
މި ލިސްޓާ ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އާއްމުކުރު މައުލޫމާތަށް ބަލާއިރު, 4000ފްލެޓްގެ ލިސްޓަށް ހޮވުނު މީހުންގެ ތެރެއިން %59.6 މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ. އަދި %20.7 ފޯމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް އޭސީސީގެ ތަހުގީގުން އެނގިފައިވެއެވެ. ފްލެޓްގެ ލިސްޓްގެ މައްސަލަ ޙައްލުކޮށް އަލުން އާއްމުކުރުމަށް އޭސީސީން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް އެންގީ މިއަހަރުގެ ފެބްރުއަރީމަހުގައެވެ.
"ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބުނު މީހުންގެ ލިސްޓް އަލުން އިވެލުއޭޓްކުރަމުން އަންނައިރު، "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުލުން މާދަމާ ބާއްވަންގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ނިންމައިފަ އެވެ.



-1724830064198.webp&w=3840&q=75)

