logoEN
Sto top
ފައިނޭންޝިއަލް ސާވިސް އޮތޯރިޓީއަށް ސީއީއޯ އަކު ހޯދަނީ

ފައިނޭންޝިއަލް ސާވިސް އޮތޯރިޓީއަށް ސީއީއޯ އަކު ހޯދަނީ

އަލްފާ އަލީ

logo

10/24/2024, 6:17:35 AM

# މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ# މިފްސާ

ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާޕާސަން އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ---

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފިއެވެ.

Wamco

އަންނަ މަހުގެ 5 އާ ހަމައަށް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއަށް ސީއީއޯގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު, މި މަގާމުގެ މުސާރައެއް ހާމަކޮށްފައެއް ނުވެއެވެ.

މި މަގާމަށް މީހަކު ހޯދަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސްގެ ދާއިރާއިން މާސްޓަސް ހާސިލްކޮށްފައިވުމާ އެކު މަދުވެގެން 10 އަހަރު ފައިނޭންޝިއަލް ދާއިރާގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" (މިފްސާ) ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ޤާނޫނު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށާއި، ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ ބޭނުމުގައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside