
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ ދައްކާލައިފި
# މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީމިފްސާގެ ލޯގޯ
ރައީސް ޑރ މުހައްމަދު މުއިއްޒު އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ ދައްކާލައިފި އެވެ.

މި ލޯގީ ދައްކާލީ މިއަދު އެކްސްގައި އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ލޯގޯއާއި އެކު ސައީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ ތަޢާރަފްކުރުމަކީ، އެ އޮތޯރިޓީގެ ތަޞައްވުރު ޙާޞިލުކުރުމަށްޓަކައި، ސްޓްރެޓެޖީ އަދި ހިންގުމުގެ އޮނިގަނޑު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ދަނޑިވަޅެއްގައި، އުފާކުރައްވާ ކަމެއް ކަމަށެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ ފަރުމާކޮށްފައިވަނީ މަޑު ފެހި ކުލައަކާއި މަޑު ފިޔާތޮށި ކުލައެއް ހިމެނޭ ގޮތަކަށެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ މިއަދު ދައްކާލި އިރު ދާދި ފަހުން އެ އޮތޯރިޓީގެ ގަވާނިންގ ބޯޑު އެކަލަވާލައި ޗެއާޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުالله ޖިހާދު ވަނީ އައްޔަނުކޮށްފައި އެވެ.
"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" (މިފްސާ) ގެ ނަމުގައި އިދާރާއީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.
"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ޤާނޫނު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށާއި، ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.