logoEN
cocacola

އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގައި ޑީއެސްސީ ކުޅެނީ.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

މާދަމާ ފެށުމަށް ކުރިން ތާވަލްކޮށްފައި އޮތް 11 ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތް ފެށުން، ހޭންޑްބޯޅަ މޯލްޑިވްސް އިން މިއަދު ފަސްކޮށްފިއެވެ.

ގޮސިޔާ

ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖްތަބާ ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވި ގޮތުގައި މުބާރާތް ފަސްކުރަން ޖެހުނީ ހޭންބޯޅަ ކޯޓުގެ ޕިޗާއި ލައިޓިންގެ މަރާމާތު މަސައްކަތްތަކެއް ކުރަމުންދާތީ އެވެ.

ކުރިން މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ތާވަލުކުރެވިފައިވާ މުބާރާތް ކުރީގެ ތާވަލާއި އެއްގޮތަށް މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ރީޝެޑިއުލް ކުރެވިފައެވެ. އަދި މިބަދަލާއި ގުޅިގެން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ދިމާވި ދަތިތަކަށް ހޭންބޯޅަ މޯލްޑިވްސް ވަނީ މާފައް އެދިފައެވެ.

މީގެ އިތުރުން މިފަދަ ހާލަތްތަކުގައި ހޭންބޯޅަ ފެމެލީގެ ފަރާތުން ޚާއްސަކޮށް މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް ހޭންބޯޅަ މޯލްޑިވްސްގެ ފަރާތުން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މިއަހަރުގެ ގައުމީ ހޭންޑްބޯޅަ މުބާރާތުގައި ޖުމްލަ 48 ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޑިވިޝަނުގައި ހަ ޓީމާއި ދެވަނަ ޑިވިޝަނުގައި ވާދަކުރާ 42 ޓީމެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުގައި އަންހެން އަދި ފިރިހެން ވެސް ތިން ޓީމު ބައިވެރިވެފައިވާއިރު، ދެވަނަ ޑިވިޝަނުގައި ފިރިހެން 16 ޓީމު އަދި އަންހެން 26 ޓީމު ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ