logoEN
cocacola
ލަވަކިޔުންތެރިޔާ ލިއަމް ޕޭން  މަރުވެފައި އޮއްވައި ފެނިއްޖެ

ލަވަކިޔުންތެރިޔާ ލިއަމް ޕޭން މަރުވެފައި އޮއްވައި ފެނިއްޖެ

ހަސަން ޝަމްއޫން

logo

10/17/2024, 9:22:13 AM

# މުނިފޫހިފިލުވުން

ލިއަމް ޕޭން

'ވަން ޑިރެކްޝަން' ބޭންޑުން އާންމުންގެ ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ ލިއަމް ޕޭން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ގޮސިޔާ

އުމުރުން 31 އަހަރުގެ ލިއަމް މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި އާޖެންޓީނާގައި ހުންނަ ކަސާސުރު ޕަލޭމޯ ކިޔާ ހޮޓެލެއްގެ ބެލްކަނިން ވެއްޓިގެން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ލިއަމް ބެލްކަނިން ވެއްޓުނީ ކިހިނެތް ކަމެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއި ގުޅިގެން އާޖެންޓީނާގެ ފުލުހުން ނެރުނު ބަޔާނުގައި ވަނީ"ލަވަ ކޮމްޕޯސަރު އަދި ގިޓާރިސްޓް، އަދި ކުރިން ވަން ޑިރެކްޝަން ބޭންޑުގައިވެސް މަސައްކަތް ކޮށްފައިވާ ލިއަމް ޖޭމްސް ޕޭން ވަނީ ކޮޓަލުގެ ތިންވަނަ ފަންގިފިލާ އިން ވެއްޓި މިއަދު މަރުވެފައި" އެވެ.

މީގެ އިތުރުން ކަސާސުރު ޕަލޭމޯގެ މެނޭޖަރާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ހޮޓަލުގެ ފަހަތުން ބާރު އަޑެއް އޭނާއަށް އިވުނު ކަމަށާއި އެއީ ލިއަމްގެ ހަށިގަނޑުވެސް ޕޮލިހުންނަށް ފެނުނުތަން ކަމަށެވެ. މަރުވުމުގެ ކުރިން ސްނެޕްޗެޓުގައި ލިއަމް ހިއްސާކޮށްފައިވާ ފޮޓޯވަނީ ވައިރަލްވެފައެވެ. ބެލެވޭ ގޮތުގައި އެއީ އެންމެ ފަހުން އޭނާ ހިއްސާކޮށްފައިވާ ފޮޓޯއެވެ.

މީގެ އިތުރުން ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހޮޓަލުން ވަނީ ރޭ ދަންވަރު ޕޮލިހުގެ 911 އަށް ގުޅާ ރުޅިގަދަ މީހެއް ހޮޓަލުގެ ތަކެތި ހަލާކުކުރަމުންދާ ކަމަށް ބުނެފައެވެ. އަދި އެ މީހާ ހުރީ ޑްރަގްސް ބޭނުން ކޮށްގެން ނުވަތަ ރާބޮއިގެން މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަަމަށް ވަނީ ބުނެފައެވެ.

ލިއަމް މަރުވިއިރު ހަތް އަހަރުގެ ފިރިހެން ކުއްޖެއް އެބަ ހުއްޓެވެ. އޭނާ ކުރިން ކައިވެނި ކޮށްފައިވަނީ ލަވަކިޔުންތެރިޔާ ޝެރިލްއާއެވެ. އެ ކައިވެނި ވަނީ 2018ގައި ރޫޅިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ