logoEN
cocacola
"ދަ ރޮކް" ޖިމްގައި ހުންނައިރު ފެންފުޅިއަށް ކުޑަކަމުދާކަން އެނގޭތަ? މިއޮތީ ސަބަބު!

"ދަ ރޮކް" ޖިމްގައި ހުންނައިރު ފެންފުޅިއަށް ކުޑަކަމުދާކަން އެނގޭތަ? މިއޮތީ ސަބަބު!

އައިޝަތު އިފާޝާ

logo

2/26/2024, 7:31:49 AM

# މުނިފޫހިފިލުވުން

ޑްވޭން ޖޯންސަން (ދަ ރޮކް)

"ދަ ރޮކް" ނުވަތަ ޑްވޭން ޖޯންސަން ޖިމްގައި ހޭދަކުރާ ވަގުތު ކުޑަކަމުދާން ޖެހިއްޖެ ނަމަ އޭނާގެ ފެންފުޅިއަށް ކުޑަކަމުދާކަން އެނގޭހެއްޔެވެ? އަދި އެކަން އޭނާ ކުރަނީ ކީއްވެކަން އެނގޭހެއްޔެވެ? ޑްވޭން ޖޯންސަން ވަނީ އޭނާ އެގޮތަށް ކަންތައް ކުރާ ސަބަބުން ހިއްސާކޮށްފައެވެ.

ގޮސިޔާ

އުމުރުން 51 އަހަރުގެ ޑްވޭން ޖޯންސަން އަކީ އޭނާގެ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އަބަދުވެސް އިސްކަންދީގެން މަސައްކަތް ކުރާ މީހެކެވެ. އެގޮތުން އޭނާއަކީ ގިނަ ވަގުތު ޖިމްގައި ހޭދަކުރާ މީހެކެވެ. އަދި ހައިޑްރޭޓްކޮށް ހުރުމަށްޓަކައި އަބަދުވެސް ގިނައިން ފެންބުއިމަކީ އޭނާގެ އާދައެކެވެ.

ގިނައިން ފެންބުއިމުގެ ސަބަބުން ގިނައިން ކުޑަކަމު ދިއުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. ޑްވޭން ޖޯންސަން ވަނީ އެފަދަ ހާލަތްތަކުގައި އޭނާ ޖިމްގައި ހޭދަކުރާ ވަގުތުތަކުގައި ކުޑަކަމުދާން ޖެހިއްޖެ ނަމަ ބޭނުންކުރަނީ ފެންފުޅި ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި ގިނަ ޖިމްތަކުގައި ފާހާނަ ކުރެވޭނެ ގޮތެއް ނުހުންނަ ކަމަށާއި, އެފަދަ ހާލަތުގައި ފެންފުޅިއަށް ކުޑަކަމު ދަނީ ކަމަށެވެ.

އަދި ޖިމްގައި ހޭދަކުރާ ވަގުތުތަކުގައި ދެތިން ފަހަރަށް ކުޑަކަމުދާން ޖެހޭ ކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އަދި ކުޑަކަމު ދިއުމަށް އޭނާ ބޭނުންކުރާ ފެންފުޅިއަކީ އޭނާ ފެންބުއިމަށް އެވަގުތަކު ބޭނުންކުރާ ފުޅި ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ