logoEN
cocacola
ކެމިކަލް ރައްކާކުރުމުގައި ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ހިރާސް ފާސް 2024" ނިންމާލައިފި

ކެމިކަލް ރައްކާކުރުމުގައި ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ހިރާސް ފާސް 2024" ނިންމާލައިފި

އަލްފާ އަލީ

logo

10/16/2024, 8:20:00 AM

# އޮޕަރޭޝަން ހިރާސް ފާސް# އެމްއެންޑީއެފް

-

ކެމިކަލް ރައްކާކުރުމުގައި ބަޔާންކުރާ ޤަވާޢިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް، "އޮޕަރޭޝަން ހިރާސް ފާސް 2024" ގެ ނަމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފިއެވެ.

ގޮސިޔާ

މި އޮޕަރޭޝަން ނިންމުމުގެ ގޮތުން އިއްޔެ ކަޅުތުއްކަލާކޮށީގައި ބޭއްވި ޑީބްރީފިންގގައި މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ފާޠިމަތު މިޒުނާ ޢަލީއާއި، އެފްއާރުއެސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުޙުރީ ބައިވެރިވެލެއްވިއެވެ.

އޮކްޓޫބަރު 1 އިން 15 އަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް ވަނީ މި އޮޕަރޭޝަންގެ ތެރެއިން ދެނެގަނެފައެވެ. އަދި މި އޮޕަރޭޝަންގައި މާލެ ސިޓީ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި އިންސްޕެކްޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަންގައި 15 ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ މީހުން ދިރިއުޅޭ 399 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 144 ގުދަނާއި ކެމިކަލް ވިއްކާ 62 ފިހާރައެއްގެ މަޢުލޫމާތު އެއްކޮށްފައެވެ. ‏މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ