logoEN
cocacola
ތެލެސީމިއާ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ތެލެސީމިއާ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

އަލްފާ އަލީ

logo

10/16/2024, 4:18:47 AM

# ތެލަސީމީއާ# ހެލްތު މިނިސްޓްރީ

-

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ގޮސިޔާ

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓާ ޕްލޭން އިފުތިތާޙުކުރުމަށް ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ހޮސްޕިޓަލް ހިންގާ ބަލަހައްޓަން ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ މެޑޯ އޭޝިއާ ކުންފުންޏާއެވެ. އަދި މި ހޮސްޕިޓަލު އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީގެ ފަރާތުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ.

މި ހޮސްޕިޓަލު ގާއިމުކުރަން އުރީދޫން 100 މިލިއަން ރުފިޔާގެ އެހީއެއް ސަރުކާރަށް ދޭން ނިންމާފައިވެ އެވެ. ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ޤައުމީ ކެމްޕޭނެއްވެސް މި މަހު ސަރުކާރުން ވަނީ ފަށައިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ