logoEN
cocacola
ހަނިމާދޫ ސްކޫލްގައި "ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް" އިފްތިތާޙްކޮށްފި

ހަނިމާދޫ ސްކޫލްގައި "ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް" އިފްތިތާޙްކޮށްފި

އަހުމަދު ޝުރާއު

logo

10/15/2024, 6:23:51 PM

# ދަނޑުވެރިން

--

ހަނިމާދޫ ސްކޫލްގައި "ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް މިއަދު އިފްތިތާޙްކޮށްފިއެވެ.

ގޮސިޔާ

މި ޕްރޮގްރާމަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން އެއް ޙަރަކާތެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރ އަލްފާޟިލް އިސްމާއީލް މުޙައްމަދެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯބި އުފައްދައި، ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޒުވާން ޖީލެއް އުފެއްދުމެވެ.

މި ޕްރޮގްރާމްގެ ދަށުން ހަނިމާދޫ ސްކޫލްގައި ވަނީ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ޙާޞިލް ކުރެވޭނެ ގޮތަށް ކުޑަ ގްރީންހައުސްއެއް ޤާއިމްކޮށްދީފައެވެ. މި ގްރީންހައުސްގައި ހައިޑްރޮޕޯނިކްސް ސިސްޓަމްގައި ފަތްޕިލާވެލީގެ ބާވަތްތަކާއި ކިޔުކަންބާ އާއި މެލަން ފަދަ ބާވަތްތައް ހައްދާނެ ހައިޑްރޮޕޯނިކްސް ނިޒާމެއްވެސްވަނީޤާއިމްކޮށް ދީފައެވެ.

މި ޕްރޮގްރާމްގައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލްގެ PTA ގެ މެންބަރުން ހިމެނޭ ގޮތަށް ޖުމްލަ 50 ބައިވެރިން ބައިވެރިވެއެވެ.

މިފަދަ ޕްރޮގްރާމްތަކަކީ ދަރިވަރުންގެ މަދުރަސީ ޙަޔާތުގައި ވޭތުކުރާ ދުވަސްވަރު ދަނޑުވެރިކަމުގެ ތަޖުރިބާއާއި އިލްމު ލިބިދެވޭނެ މަގު ތަނަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގު އުޖާލާ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައިވެސް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ