.jpeg&w=3840&q=75)
ވޭޕް މަނާކުރުމަށް 215 ސްކޫލުން އެދުނު, ރައީސްގެ ނިންމެވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޝުކުރު!
# އެޑިއުކޭޝަން މިނިސްޓްރީ--
ރާއްޖެއަށް ވޭޕް އެތެރެކޮށް، ބޭނުން ކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަރުޙަބާކިޔައިފިއެވެ.

މިނިސްޓްރީއިން އިއްޔެކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ވޭޕް މަނާކުރުމަށް 2015 ސްކޫލެއްގެ ޕީޓީއޭއިން މިނިސްޓްރީގައި ވަނީ އެދިފައެވެ. އަދި ވޭޕްކުރުމުގެ ނުރަނގަޅު އާދައަށް ހޭލުންތެރި ކުރުވުމަށްޓަކައި ސެޕްޓެންބަރު މަހުން ފެށިގެން މިނިސްޓްރީއިން ދިޔައީ ސްކޫލުތަކުގެ އިސްވެރީންނާއި ޕީޓީއޭގެ މެންބަރުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
މިފަދަ ދަނޑިވަޅެއްގައި ވޭޕް މަނާކުރެއްވުމަށް ރައީސް ނިންމެވުމުން، އެ ނިންމެވުމަށް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި، ދަރިވަރުންގެ ބެލެނިވެރިންގެ ނަމުގައި ޝުކުރާއެކު މަރުހަބާ ދަންނަވާކަމަށާއި، މިއީ، ސިއްޙަތު ރަނގަޅު، ދުޅަހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށްޓަކައި ރައީސް ނިންމެވި މުހިންމު ނިންމެވުމަށް ކަމަށް އެ ޕޯސްޓުގައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން 2019 ވަނަ އަހަރު ހެދި ސާވޭގައި ދައްކާ ގޮތުން، ރާއްޖޭގެ 13 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓު ކުދިން އީ-ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރެއެވެ. ހަމައެއާއެކު 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުން ސްކޫލް އުމުރުފުރައިގެ ކުދިންގެ މެދުގައި އީ-ސިނގިރޭޓް ބޭނުންކުރަމުންދާ މިންވަރު އަންނަނީ ހަލުއިކަމާއެކު އިތުރުވަމުންނެވެ. ވޭޕް މަނާކުރުމުގެ މުހިންމުކަން މި ތަފާސްހިސާބުތަކުން ވެސް އެނގިގެންދެއެވެ.
ގުޅުންހުރި

ހުޅުމާލޭ ފޭސް 2 ގައި ޢިމާރާތްކުރާ އާ ސްކޫލަށް "ޝަހީދު ޢަލީ ސްކޫލު" ގެ ނަން ދީފި

މަތީ އަރުތަވެރީންގެ އިނާމު މިފަހަރު 1800 އަށްވުރެ ގިނަ ދަރިވަރުންނަށް!

ސިންގަޕޫރާއިއެކު ތަޢުލީމީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
