logoEN
cocacola
ދިރާސީ އައުއަހަރަށް ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީ

ދިރާސީ އައުއަހަރަށް ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީ

އަހުމަދު ޝުރާއު

logo

10/15/2024, 2:03:16 PM

# އެޑިއުކޭޝަން މިނިސްޓްރީ

--

2025 ވަނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ.

ގޮސިޔާ

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ވަނީ ފަށާފައެވެ.

މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށެވެ. މި އޮންލައިން ފޯމް މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެންބަރު 2024 އެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ