logoEN
cocacola
ދެކުނުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ވޯކްޝޮޕެއް ކުރިއަށްގެންގޮސްފި

ދެކުނުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ވޯކްޝޮޕެއް ކުރިއަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

10/14/2024, 4:57:56 AM

# އެޑިއުކޭޝަން މިނިސްޓްރީ

--

ދެކުނުގެ 4 އަތޮޅުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ގޮސިޔާ

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނާ ހިއްސާކޮށް، އަހުލުވެރިކުރުވުމަށްޓަކައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އިތުރުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ މި ބުރު ކުރިއަށް ދިޔައީ ދިޔައީ އޮކްޓޫބަރު 12-13 އަށް އައްޑު ސިޓީގެ އައްޑޫ ހައި ސްކޫލުގައެވެ.

އަދި މި ތަމްރީން ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިއާގެ ސެގި ޔުނިވަރސިޓީއިންނެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ގއ.ގދ. ސ. އަދި ޏ. އަތޮޅުގެ ސްކޫލުތަކުން 30 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ