logoEN
cocacola
ވިފާގުގެ މަރާއި ގުޅިގެން ގެނެސްދިން ޑޮކިއުމެންޓަރީގައި ހުރި ވާހަކަތަކަށް ފުލުހުން ދޮގުކޮށްފި

ވިފާގުގެ މަރާއި ގުޅިގެން ގެނެސްދިން ޑޮކިއުމެންޓަރީގައި ހުރި ވާހަކަތަކަށް ފުލުހުން ދޮގުކޮށްފި

އަހުމަދު ޝުރާއު

logo

10/13/2024, 4:00:10 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

ފޮޓޯ : ޕީއެސްއެމް

މާލޭގެ އިމާރާތަކުން ވެއްޓި ނިޔާވި ވިފާގު އިބްރާހިމު އަދުނާނާންގެ މަރާއި ގުޅިގެން ޓީވީއަކުން ގެނެސްދިން ޑޮކިއުމެންޓަރީގައި ހުރި ވާހަކަތައް ފުލުހުން ދޮގުކޮށް އެކަމުގެ ތަހުގީގުގެ ބައެއް މައުލޫމާތުތައް މީޑީއާތަކާއި ހިއްސާކޮށްފި އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ދޮން ދަރިއެއް ކަމަށްވާ ވިފާގުގެ މަރާއި ގުޅޭގޮތުން ޓީވީ ސްޓޭޝަނަކުން ގެނެސްދިން ޑޮކިއުމެންޓަރީގައި ނާޒިމްއަށާއި ނާޒިމްގެ މިހާރުގެ އަނބިކަނބަލުން އަދި ވިފާގުގެ މަންމަ ޒީނަތުއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

އެކަމާއި ގުޅިގެން މިއަދު ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މަރާއި ގުޅިގެން ގެނެސްދިން ޑޮކިއުމެންޓަރީގައި ހުރީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ނާޒިމްގެ ފަރާތުން ވިފާގަށް ޖިންސީ ގޯނާ ލިބެމުންދާ ކަމަށް އެ ޑޮކިއުމެންޓްރީގައި ތުހުމަތުކޮށްފައިވާއިރު، ޖިންސީ ގޯނާކޮށްފައިނުވާކަން ޑޮކްޓަރުން ކަށަވަރުކޮށްދޭ ކަމަށެވެ. އެގޮތުން ވިފާގުގެ މެޑިކަލް ރިޕޯޓުން އޭނާއަކީ ބިކުރުވެރިއެއްކަން ހާމަވެފައިވާ ކަމަށާއި ތަހުގީގުގައި ބެލި އެހެން ކަންކަމުންވެސް ވިފާގުއަށް ޖިންސީ ގޯނާއެއް ލިބިފައިނުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވިފާގުއަށް ނާޒިމްގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް ވިފާގު އޭނާގެ ބައްޕަ މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އިބްރާހީމް އަދުނާން އަނީސް ކައިރީގައި ބުނެފައިވާ ކަމަށް ޑޮކިއުމެންޓަރީގައި ބުނެފައި ވި ނަމަވެސް ފުލުހުންގެ ތަހުގީގުގައި އަދުނާންއާއި ސުވާލުކުރުމުންވެސް އެފަދަ ކަމެއް ހިނގިކަމެއް އަދުނާންއަށް ވިފާގު ކިޔާދީފައިނުވާކަން ތަހުގީގުގައި އަދުނާން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވިފާގު ބިންމައްޗަށް ވެއްޓުމުން އޭނާގެ މަންމަ ޒީނަތު މަގުމައްޗަށް ނުކުތުމަށްފަހު ވިފާގުގެ ފޯނު ހިފައިގެން އަނބުރާ ގެއަށް ވަނީ ކަމަށް ޗެނަލް13ގެ ޑޮކިއުމެންޓްރީގައި ބުނެފައިވާ ބުނުމަކީ ދޮގެއްކަން ސީސީޓީވީ ފްޓޭޖުން ކަށަވަރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވިފާގު އަކީ ނަފްސާނި ބައްޔަށް ފަރުވާ ހޯދަމުން ދާމީހެއް ކަމަށާއި އޭނާގެ ކޮޓަރިން ވެސް ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ ބޭސްތައް ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. ވިފާގްގެ ނަފްސާނީ މައްސަލަ ހުންނަ ކަން ފާހަގަ ވެފައި ވަނީ އޭނާ ސީއެޗްއެސްސީގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދުވަސްވަރުން ފެށިގެން ކަމަށާއި އެގޮތުން ކްލާހުގައި ހުރެ ރުއިން ފަދަ ކަންކަން ފެނިފައިވާ ކަން ފުލުހުން ފާހަގަ ކުރިއެވެ.

ނަފްސާނީ ގޮތުން އޭނާއަށް އަސަރުތަކެއް ކޮށްފައި ވަނީ މަންމައާއި ބައްޕަގެ ވަރިއަށް ފަހު އާއިލާ ރޫލުމުގެ ސަބަބުން ކަމަށް ފާހަގަވެފައިވާ ކަމަށާއި ބުލީ ކުރުމާއި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އޭނާއަށް ތުހުމަތުވާ ކަމަށް ގަބޫލު ކުރެވުން ފަދަ ކަންކަމަކީ ނަފްސާނީ ގޮތުން ވިފާގަށް އަސަރު ކުރި ކަންކަންކަމަށް ވެސް ފުލުހުން ބުނެއެވެ.

ފާގަށް ނަންސާނީ ގޮތުން ރާއްޖެއިންނާއި އިންޑިއާއިން އަދި ޔޫކޭއިން ވެސް ފަރުވާ ހޯދާފައިވާ އިރު، އެތަންތަނުގެ ލިޔެކިޔުންތަކާއި މެޑިކަލް ރިޕޯޓްތަކުން ވަނީ މައުލޫމާތު އެއްކޮށްފައެވެ. ނަމަވެސް އަދި މި ތަހުގީގުގައި ވިފާގެ ތެރަޕީ ސެޝަންތަކުގައި އުޅުނު ޑޮކްޓަރުންނާއި ތެރަޕިސްޓުންނާ ސުވާލު ކުރުމުގެ ކަންކަން ކުރިއަށް ދާ ކަމަށާއި މި ތަހުގީގު އަދި ކުރިއަށް ދާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. މީގެ ކުރިން އެތައް ފަހަރަކު ވިފާގްގެ ފަރާތުން އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތް ކުރާނެ ފަދަ ކަންކަން ފާހަގަވެފައިވާ ކަން ވެސް ފުލުހުން ދިން މައުލޫމާތުގައި މިއަދު ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން 2023 ވަނަ އަހަރު ވިފާގް ޔޫކޭގައި ހިސްޓްރީ އެންޑް ޕޮލިޓިކްސް ކިޔަވަން ހުރި ދުވަސްވަރު މަންމަ އަށް ގުޅައިގެން ވާހަކަ ދެއްކި ދުވަހެއްގައި ވިފާގް ބޭސްތަކެއް ކެއި ކަން ފުލުހުން ފާހަގަ ކުރިއެވެ. ހަމައެއާއެކު ދެން ގުޅި ދުވަހެއްގައި ގުޅި އިރު ވިފާގް ހުރީ ބޯ ބާލާފައި ކަމަށް ވެސް މަންމަ ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިއާއި އެކު ވިފާގު ރާއްޖެ ގެނައުމުގެ ހަރަދުހަމަޖެއްސީ ދޮންބައްޕަ ނާޒިމް ކަމަށް ވެސް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުންވެސް ފުލުހުން ވަނީ މި މައްސަލާގެ ތަހުގީގުގައި ފާހަގަކުރެވުނު އިތުރު ކަންތައްތައްވެސް ހާމަކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިޔަށް ދާކަން ވަނީ ހާމަކޮށްފައެވެ.

ވިފާގުއާއި ގުޅޭ އެފަދަ ޒާތީ މައުލޫމާތުތައް އާންމު ކުރަން ޖެހުނު ސަބަބަކީ ޝިފާއު ވިދާޅުވި ގޮތުގައި ޓީވީ ޗެނަލަކުން އެފަދަ ގިނަ ވާހަކަތަކެއް އާންމު ކުރުމާ ގުޅިގެންނެވެ. އެ ނޫން ނަމަ އެ ވާހަކަތައް އާންމު ނުކުރާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ވިފާގް ނިޔާވީ އޮގަސްޓު 14 ވަަނަ ދުވަހުގެ ހަވީރު މާލޭގެ ކަސްޓަމްސް ކައިރީގައި ހުންނަ މ. ހަސޯވާ ގޭގެ، 10 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ