logoEN
cocacola
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ, ކުޑަކުއްޖަކު ހިމެނޭ!

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ, ކުޑަކުއްޖަކު ހިމެނޭ!

އަހުމަދު ޝުރާއު

logo

10/12/2024, 7:50:15 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ހުޅުމާލޭގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިއަދު ހެނދުނު ހުޅުމާލޭ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުވެ 2 ސައިކަލުގައި ތިބި 4 މީހުންނަށް އެކި ވަރުގެ އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ކުއްޖާގެ އުމުރެއް ހާމައެއް ނުކުރެއެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް އެނގިފައިނުވާއިރު އެކްސިޑެންޓާއި ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ބައެއް މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ގާފު ނޫހަށް ވަނީ މައުލޫމާތު ލިބިފައި އެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ