logoEN
cocacola
ރައީސަށް އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަސް!

ރައީސަށް އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަސް!

އަހުމަދު ޝުރާއު

logo

10/9/2024, 6:02:59 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ރައީސް ޑރ މުހައްމަދު މުއިއްޒު އަށް މީސް މިޑިއާގައި މަރުގެ އިންޒާރު ދިން މައްސަލާގައި އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ގޮސިޔާ

ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އުމުރުން 40 އަހަރުގެ އަބްދުالله މިޔާދު ( މާލެ, ގ ސަންސަންގެއާގެ ) ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކަންޓުތަކުން ރާއްޖޭގެ ރައީސުލްޖުމްހުރިއއްޔާ ޑރ މުހައްމަދު މުއިއްޒު އަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީ އަދި އިތުރު އެހެން ފަރާތްތަކަށް ނިސްބަތްކޮށް މަރާލާނެ ކަމަށާއި އަދި އެނޫން ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދީ ހަޑި ހުރު ބަހުން އެކި ޕޯސްޓު ކުރަމުން ގެންދިޔުމާއި އެކު އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭގޮތަށް ޕޯސްޓަށް ކުރަމުން ދާ މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު ރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށް ފުލުހުން ބުނެއެވެ.

މިރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އަބްދުالله ގެ އިޔާދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ މީހަކު ކޮމެންޓު ކުރީ ވަނީ އދ.ގެ ގައުމީ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ އިވެންޓެއްގައި ތަގުރީރު ކުރައްވަނިކޮށް ފޭސްބުކް ލައިވެއްގައެވެ. ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފައި ވަނީ އަބްލޯ މިޔާދް ޔޮސެފް ނަމަކަށް ކިޔާ އެކައުންޓަކުން މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ