logoEN
cocacola
އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ކުރިޔަށްދަނީ

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ކުރިޔަށްދަނީ

އަހުމަދު ޝުރާއު

logo

10/9/2024, 5:53:17 PM

# ދިވެހި ސިފައިން

--

އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ކުރިޔަށްދާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގޮސިޔާ

އެމްއެންޑީއެެފުން މިއަދު ބުނީ އޮކްޓޫބަރު 5 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ހުޅުމާލެ ފޭސް-3، ފަރުކޮޅުފުށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާމިނަލް ކުރިމަތި) ގައި ކަމަށެވެ.

އެގޮތުން މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ ކަމަށް ސިފައިން ބުނެއެވެ.

ނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް މި ތަމްރީނުތަކުގައި ބޭނުމެއް ނުކުރާނެކަން ސިފައިން ހާމަކުރެއެވެ.

ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް މިފަދަ ގިނަ ތަމްރީންތަކެއް އެމްއެންޑީއެފުން ދަނީ ކުރިޔަށް ގެންދަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ