logoEN
cocacola
ރައީސް މުއިއްޒު އަށް އިންޒާރު ދިން މީހާ ފުލުހުންގެ ހައްޔަރަށް!

ރައީސް މުއިއްޒު އަށް އިންޒާރު ދިން މީހާ ފުލުހުންގެ ހައްޔަރަށް!

އަހުމަދު ޝުރާއު

logo

10/9/2024, 8:54:36 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ރައީސް ޑރ މުހައްމަދު މުއިއްޒު އަށް މީސް މިޑިއާގައި އިންޒާރު ދިން މީހާ ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އުމުރުން 40 އަހަރުގެ އަބްދުالله މިޔާދު ( މާލެ, ގ ސަންސަންގެއާގެ ) ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކަންޓުތަކުން ރާއްޖޭގެ ރައީސުލްޖުމްހުރިއއްޔާ ޑރ މުހައްމަދު މުއިއްޒު އަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީ އަދި އިތުރު އެހެން ފަރާތްތަކަށް ނިސްބަތްކޮށް މަރާލާނެ ކަމަށާއި އަދި އެނޫން ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދީ ހަޑި ހުރު ބަހުން އެކި ޕޯސްޓު ކުރަމުން ގެންދިޔުމާއި އެކު އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭގޮތަށް ޕޯސްޓަށް ކުރަމުން ދާ މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު ރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އޭނާގެ ފޮޓޯވެސް ރޭ އާންމުކޮށްފައެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަންވެސް ހާމަކޮށްފައެވެ.

ރައީސް މުއިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ މީހަކު ކޮމެންޓު ކުރީ ވަނީ އދ.ގެ ގައުމީ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ އިވެންޓެއްގައި ތަގުރީރު ކުރައްވަނިކޮށް ފޭސްބުކް ލައިވެއްގައެވެ. ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފައި ވަނީ އަބްލޯ މިޔާދް ޔޮސެފް ނަމަކަށް ކިޔާ އެކައުންޓަކުން މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ