logoEN
cocacola
ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މީހުންގެ ލައިސެންސް ވަގުތީ ގޮތުން ހިފަހައްޓައިފި

ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މީހުންގެ ލައިސެންސް ވަގުތީ ގޮތުން ހިފަހައްޓައިފި

އަހުމަދު ޝުރާއު

logo

10/8/2024, 7:38:28 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލައިގައި ލޯންޗުތައް ދުއްވި މީހުންގެ ލައިސެންސް ވަގުތީ ގޮތުން ފުލުހުން ހިފަހައްޓައިފި އެވެ.

ގޮސިޔާ

ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ފެންމަތިވީ އެމަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވުމާއި އެކުގައި އެވެ. އެގޮތުން އާންމުވި ވީޑިއޯގައި ވީޑިއޯގައި ސްޕީޑު ފެރީ ލޯންޗުގެ ހިދުމަތް ދެމުން އަންނަ ދެ ލޯންޗެއް ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި ނެރު ކައިރިން ވަންނަތަން ފެނެ އެވެ. އަދި ފަހަތުން އެހެން ލޯންޗެއް ނެރަށް ވަދެގެން އަންނަ މަންޒަރު ފެނެ އެވެ.

މި ވީޑީއޯ އާންމުވެގެން ދިޔުމާއި އެކު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވާ މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ މިދިޔަ އޮގަސްޓް 13 ގައި އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ބުނީ ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލައާއި ގުޅިގެން ލޯންޗު ދުއްވި 3 މީހުންގެ ވެސް ލައިސެންސް އޮކްޓޯބަރު 5 ވަނަ ދުވަހު ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ ޓްރާންސްޕޯޓު މިނިސްޓްރީން ކަމަށާއި އެހެން ކަމުން އެ މައްސަލަ އާއި ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީ އަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ