logoEN
cocacola
ހޭންޑްބޯޅަ ދަނޑުގައި ކެންޓީން ހިންގަދޭނެ ފަރާތެއް ހޯދަނީ

ހޭންޑްބޯޅަ ދަނޑުގައި ކެންޓީން ހިންގަދޭނެ ފަރާތެއް ހޯދަނީ

# ހޭންޑްބޯލް މޯލްޑިވްސް

-

ގައުމީ ހޭންޑްބޯޅަ ދަނޑުގައި ކެންޓީން ހިންގަދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ގޮސިޔާ

ހޭންޑްބޯލް މޯލްޑިވްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ, ޤައުމީ ހޭންޑްބޯޅަ ދަނޑުގައި 31 ޑިސެމްބަރ 2024 ގެ ނިޔަލަށް މުބާރާތްތައް ކުރިއަށްދާ ވަގުތުތަކުގައި ކެންޓީނުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިކަން ހުރި އެންމެހައި ފަރާތްތަކުން 10 އޮކްޓޯބަރ 2024 ވަނަ ދުވަހު 14:00 އަށް ހޭންޑްބޯލް އޮފީހަށް ވަޑައިގެން މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިލައްވާފައެވެ.

މައުލޫމާތު ސާފުކުރުމަށް ދުރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 14 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 14:00 ގައި ހޭންޑްބޯޅަ އޮފީހުގަ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 9879555 އާއި ގުޅުއްވުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ