logoEN
cocacola
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި!

އަލްފާ އަލީ

logo

10/7/2024, 4:36:50 AM

# މޫސުން

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ, ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށެވެ. އަދި މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން މެންދުރު 2:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި މުއްދަތުގައި އެސަރަހައްދަށް ވައިބާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި 50 މޭލަސް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރެއް ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ