logoEN
cocacola
"އޮޕަރޭޝަން ހިރާސް ފާސް" ގައި ފުލުހުން ބައިވެރިވެއްޖެ

"އޮޕަރޭޝަން ހިރާސް ފާސް" ގައި ފުލުހުން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

10/6/2024, 11:46:24 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ކެމިކަލް ގުދަންތަކާއި ސްޓީލް ސްޓްރަކްޗަރތަކުގެ މައުލޫމާތު އެއްކުރުމަށް ހިންގި "އޮޕަރޭޝަން ހިރާސް ފާސް" މާލޭގެ ބައިގައި ފުލުހުން ބައިވެރިވެެއްޖެއެވެ.

ގޮސިޔާ

މި އޮޕަރޭޝަނަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގެ މާލޭގެ ބައިގައި ޖުމުލަ 10 ޓީމު ބައިވެރިވެފައިވާއިރު މި އިން ކޮންމެ ޓީމެއްގައި ވެސް މަދުވެގެން އެއް ފުލުހަކު ހަރަކާތްތެރިވެފައި ވެއެވެ.

މި އޮޕަރޭޝަނަކީ މާލޭގައި ހުރި ކެމިކަލް ގުދަންތަކާއި ސްޓީލް ސްޓްރަކްޗަރތަކުގެ ތަފްސީލީ މައުލޫމާތު އެއްކޮށް، އެ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެފަދަ ތަންތަނުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ފުރަތަމަ ތިން ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމުތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނާ އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މައުލޫމާތު އެއްކޮށްފައިވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޮކްޓޫބަރު މަހުގެ 1 އިން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ