logoEN
cocacola
ތަސްލީމު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފި

ތަސްލީމު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފި

އަހުމަދު ޝުރާއު

logo

10/6/2024, 7:08:47 AM

# ތަސްލީމް ގެއްލުން# ދިވެހި ފުލުހުންގެ ޙިދުމަތް

--

ގެއްލިގެން ހޯދަމުން އަންނަ ކ.މާލޭ / މ.އަސަރީހަދާން، ތަސްލީމް މުހައްމަދު ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފި އެވެ.

ގޮސިޔާ

ފުލުހުން މިކަން ހާމަކޮށް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތަސްލީމް ގެއްލުނު މައްސަލާގައި ޔެލޯ ނޯޓިސް ސެޕްޓެމްބަރު 12 ވަނަ ދުވަހު އިންޓަޕޯލްއިން ޝާއިރުކޮށްފައިވާ ކަމަށެވެ.

އަދި އިންޓަޕޯލް މެދުވެރިކޮށް ޝާއިރުކުރާ ނޯޓިސް ތަކަކަކީ އިންޓަޕޯލް މެމްބަރު ހުރިހާ ގައުމަކަށްވެސް ފެންނަ ގޮތަށް ޝާއިރުކުރާ ނޯޓިސްތަކެއް ކަމަށާއި މި ގޮތަށް ޝާއިރު ކުރާ ކޮންމެ ނޯޓިސް އަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލް ވެބްސައިޓުގައި ޝާއިރު ކުރާ ނޯޓިސްއެއް ނޫންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

30 އޮގަސްޓު 2024 ވަނަ ދުވަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ތަސްލީމް ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް އަންނަނީ ކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން ދާދި ފަހުން ފުލުހުން ނެެރުނު ބަޔާނެއްގައި ބުނީ ތަސްލީމް ގެއްލިގެން ރިޕޯޓުކުރި ވަގުތުން ފެށިގެން މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން އެސަރަހައްދު ޑައިވްކޮށްގެންވެސް ބަލާފައެވެ. އަދި އެމްއެންޑީއެފްގެ ޑައިވިންގ ޓީމް ވަނީ 31 އޮގަސްޓު 2024 އިން 1 ސެޕްޓެމްބަރު 2024 އަށް އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު (ޖުމްލަ 3 ދުވަސް) 943998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށް ބަލާފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ, ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑަށް އެމީހުން ދަތުރު ދިޔުމަށްޓަކައި 29 އޮގަސްޓު 2024 ވަނަ ދުވަހު ފުރީ ތަސްލީމް ހިމެނޭހެން ޖުމްލަ 5 މީހުންނާއެކު ކަމަށެވެ. މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓު ޕާޓީއެއް ބޭއްވުމަށްޓަކައި ރޭވުނު ދަތުރެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ދަތުރުގައި ތަސްލީމު ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ތަސްލީމް މެން ދަތުރު ދިޔަ އިރު އެ ފަސްގަނޑުގައި އިތުރު އެހެން ގްރޫޕެއްވެސް ދަތުރުގޮސް ތިއްބެވެ. އަދި އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމަޔަށް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކުގައި އުޅުނު ކަމަށް ދަތުރުގެ ބައިވެރިން ވަނީ ބަޔާން ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެރޭ ޓެންޓު ކައިރީގައި ތަސްލީމު ނިދާފައި އޮތްވާ ފެނުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ނަގާފައިވާ ފޮޓޯތަކުން ފެނިފައިވާއިރު, އަނެއް ދުވަހު ހެދުނުވެސް ތަސްލީމު, ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ މަންޒަރު ފޮތޯތަކުންނާއި ވީޑިޔޯތަކުން ވަނީ ފެނިފައެވެ.

އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 އޮގަސްޓު 2024 ވަނަ ދުވަހު ހެދުނު 7:45 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހު ހެދުނު 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗަކުން އޭނާ މާލެ ފޮނުވާލުމަށް ބަލާލިއިރު ތަސްލީމު ފެނިފައި ނުވާކަމަށް ދަތުރުގެ ބައިވެރިން ބުނެފައިވެއެވެ. އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ދަތުރުގެ ބައިވެރިން ބެލުމަށް އާއިލާއަށް ގުޅުމުން މާލެ ގޮސްފައިނުވާކަމަށް އާއިލާއިން ބުނެފައިވެއެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިންވެސް ފެށިއެވެ.

މި މައްސަލައިގައި މިހާތަަނަށް ތަސްލީމުއާ އެކީ ދަތުރުދިޔަ ގުރޫޕުގައި ހިމެނޭ މީހުންނާއި އެފަސްގަނޑަށް ދަތުރުގޮސް ތިބި އިތުރު ގުރޫޕުގެ 12 މީހުންނާ ވަނީ ސުވާލުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ