logoEN
cocacola
ހުޅުމާލެ ފޭސް 3 ގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 3 ގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

10/5/2024, 11:27:35 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 3 ގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުލަދޭޝް ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕަރަން ދާސް (49އ) އަދި އަލް އަމީން (30އ) އެވެ.

ރޭ ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 3 ގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު 324 ދަޅު ބަނގުރާ، 378 ފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 10 ފުޅިއާއި 500 އެމްއެލްގެ ހަތް ފުޅި ފެނިފައިވެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ