
ޔަމަނުގެ ސަނާ އާއި ހުދައިދާއަށް ވައިގެ ހަމަލާތަކެއް ދެމުންދާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

އެގައުމުގެ ނޫހެއް ކަމަށްވާ އަލް މަސީރާ ޓީވީއިން ރިޕޯޓުކުރާ ގޮތުގައި ސަނާ އާއި ހުދައިދާގެ ބައެއް އަވަށްތަކަށް އަންނަނީ ބޮން އަޅަމުންނެވެ. އަދި މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެގައުމުގެ އެހެން ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާތަކަކަކީ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ ޖެޓުތަކުން ދެމުންދާ ހަމަލާތަކެކެވެ.
މިހާތަނަށް ހުދައިދާ އާއި ސަނާގެ 10 އަަމާޒަކަމަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.





