
މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ-
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއާ މިއަދު ބައްދަލުކުރައްވާ ފުވައްމުލަކު ސިޓީގައި މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ވަޒީރު ޝިޔާމާއި މޭޔަރު ރަފީގް އާއެކު ބޭއްވުނު މި ބައްދަލުވުމުގައި، ފުވައްމުލަކު ސަރަޙައްދުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، ފުވައްމުލަކުގައި ތުތި ބޯވާދިލަމަހުގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ހިންގުމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
އަދި ހަމައެހެންމެ، ފުވައްމުލަކުގައި ސްޕޯޓްސް ފިޝިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ފާހަގަކުރެއްވީ، ފުވައްމުލަކު ސިޓީގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މިފަދا ޕްރޮގްރާމްތަކުގެ މުހިންމުކަމެވެ.
ގުޅުންހުރި

ކޮލަމާފުށި މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

މަސްވެރިކަމާ ބޭހޭ ކޮލެޖްގެ އޮގަސްޓު އިންޓޭކް އަށް ހުޅުވާލައިފި

މުނިފޫހިފިލުވުމަށް މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވަނީ
