logoEN
Sto top
އިރާނުގެ މިސައިލްތަކުން އިޒްރޭލު ހިމާޔަތްކުރުމުގެ މަސައްކަތުގައި އުރުދުން!

އިރާނުގެ މިސައިލްތަކުން އިޒްރޭލު ހިމާޔަތްކުރުމުގެ މަސައްކަތުގައި އުރުދުން!

އަހުމަދު ޝުރާއު

logo

10/1/2024, 4:59:59 PM

# އުރުދުން

-

އިރާނުން އިޒްރޭލަށް ހަމަލާތައް ދޭން ފެށުމާއި އެކު މިސައިލްތައް އިންޓަސެޕްޓުކުރުމުގެ މަސައްކަތް އުރުދުންގެ ސަލާމަތީ ބާރު ތަކުން ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި އިރާނުން ވަނީ އިޒްރޭލުގެ އެކި އަމާޒުތަކަށް 100 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް އުދުއްސާލާފައި އެވެ. ނަމަވެސް މި މިސައިލްތައް އިޒްރޭލާއި ހަމައަށް ފޯރާނީ އުރުދުންގެ ވައިގެ ސަރަހައްދުގެ ތެރެއިން ކަމަށްވާއިރު އުރުދުންގެ ސަލާމަތީ ބާރުތަކުން ދަނީ މިސައިލްތައް އިންޓަސެޕްޓުކޮށް އިޒްރޭލަށް މިސައިލްތައް ދިޔަ ނުދީ ވައްޓާލުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އޭޕްރިލް މަހުވެސް އިރާނުން އިޒްރޭލަށް މިފަދަ ހަމަލާއެއް ފޮނުވާލި އިރު އެ ހަމަލާތަކުންވެސް އިޒްރޭލު ދިފާއުކުރުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރީ އުރުދުންގެ ސަލާމަތީ ބާރުތަކުންނެވެ.

އެއާއި އެކު އެފަހަރުވެސް ގިނަ ބަޔެއްގެ ނުރުހުން އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮތް އުރުދުންގެ ސަރުކާރަށާއި ރަސްގެފާނަށް އަމާޒުވި އެވެ.

އިރާނުން މިރޭ ވަނީ އިޒްރޭލަށް އަމާޒުކޮށް 200 އެއްހާ ބެލިސްޓިމް މިސައިލް ފޮނުވާލާފައި އެވެ. މި މިސައިލްތަކަކީ 12 މިނެޓުން އިރާނުން އިޒްރޭލާއި ހަމައަށް ފޯރާ މިސައިލްތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC