logoEN
WAMCO TOP 1
ސޫދާނުގައި ހުންނަ ޔޫއޭއީ ސަފީރުގެ ގެކޮޅަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސޫދާނުގައި ހުންނަ ޔޫއޭއީ ސަފީރުގެ ގެކޮޅަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަލްފާ އަލީ

logo

9/30/2024, 6:08:39 PM

# ދިވެހި ސަރުކާރު# ޚާރިޖީ ވުޒާރާ

-

ސޫދާނުގައި ހުންނަ ޔޫއޭއީ ސަފީރުގެ ގެކޮޅަށް އަމާޒުކޮށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުުށްވެރިކޮށްފި އެވެ.

THE TRAVELLER AD

ޚާރިޖީ ވުޒާރާއިން ނެރުނު ބާޔާނެއްގައި ބުނެފައިވަނީ, ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހުންނަ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ހަމާލާ އަކީ ވިއެނާ ކޮންވެންޝަނާއި ބައިނަލްއަގުވާމީ އެހެން ގާނޫނުތަކާއިވެސް ކަނޑައެޅިގެން ހިލާފު އަމަލެއްކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކުން ޑިޕްލޮމެޓިކް ތަންތަނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީގެ ރައްޔިތުންނާއެކު ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ފަހުގެ
HDC