-1727586564395.webp&w=3840&q=75)
--
އެޗް.އެސް.ސީ، އެޑެކްސެލް އަދި ކޭމްބްރިޖް އޭލެވެލް އިމްތިޙާނުތައް މިއަދު ފަށައިފިއެވެ.

މިއަހަރު މި އިމްތިޙާނުތަކުގައި 48 ސެންޓަރަކުން ޖުމްލަ 4293 ދަރިވަރުން ބައިވެރިވެއެވެ.
އޭގެ ތެރެއިން އެޗް.އެސް.ސީ އިމްތިޙާނުގައި 1663 ދަރިވަރުން ބައިވެރިވާ އިރު، އެޑެކްސެލް އޭލެވެލް އިމްތިޙާނުގައި 3842 ދަރިވަރުން އަދި ކޭމްބްރިޖް އޭލެވެލް އިމްތިޙާނުގައި 443 ދަރިވަރުން ބައިވެރިވެއެވެ.
ކޭމްބްރިޖް އޭލެވެލްގެ އިމްތިހާނުތައް 30 ސެޕްޓެންބަރުން ފެށިގެން 14 ނޮވެންބަރާ ހަމައަށް ކުރިއަށްދާ އިރު، އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ކުރިއަށްދާނީ 8 އޮކްޓޫބަރުން ފެށިގެން 31 އޮކްޓޫބަރުގެ ނިޔަލަށެވެ.