
ޔުރޮޕާ ލީގް: ޓުވެންޓޭ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރިމަތިލުން އެއްވަރު
# މެންޗެސްޓަރ ޔުނައިޓެޑް# ބޭންކް އޮފް މޯލްޑިވްސް# ޔުއެފާ ޔޫރޮޕާ ލީގުއެރިކްސަން ޓުވެންޓޭ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ޔުއެފާ ޔުރޮޕާ ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނެދަލޭންޑްސްގެ ޓުވެންޓޭ އާއި ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެވެ.
މީގެ އިތުރުންވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރި، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ޓުވެންޓޭ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސޭމް ލެމަރސް އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 36 ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމަކަށް ވެސް އަށް މެޗު ކުޅެން ލިބޭނެ އެވެ. އޭއީ ރަށުން ބޭރުގައި ހަތަރު މެޗު އަދި އަމިއްލަ ދަނޑުގައި ހަތަރު މެޗެވެ. އަދި ލީގު ބުރުގެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް 16 އިން ޖާގަ ލިބޭއިރު، ލީގުބުރުގެ އަށްވަނަ އިން ފެށިގެން 24 ވަނަ އާއި ހަމައަށްދާ 16 ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުތަކުން މޮޅުވާ އަށް ޓީމަށް ވެސް މުބާރާތުގެ ރައުންޑް 16 އިން ޖާގަ ލިބިގެންދާނެއެވެ.
ފަހުގެ

އުނގޫފާރުގެ މަގުހެދުމުގެ ދެވަނަ ފޭސްގެ މަސައްކަތް ނިމުމަކާއި ގާތަށް!

މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %53.5 ނިމިފައި!

މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކް ޑިޖިޓަލްކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސަނީ

ލަންކާގެ އެއާޕޯޓަކަށް އެއް ދުވަހަށް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ދަރަޖަދީފި

މެޓަރނަލް ހެލްތް މޮޑިއުލް މުރާޖައާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން: ނާޒިމް
