logoEN
Sto top
ޕާކިސްތާނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ތަޖުރިބާގެ ބޭނުން ހިފުމަށް ޝައުގުވެރިކަންފާޅުކޮށްފި

ޕާކިސްތާނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ތަޖުރިބާގެ ބޭނުން ހިފުމަށް ޝައުގުވެރިކަންފާޅުކޮށްފި

އަހުމަދު ޝުރާއު

logo

9/25/2024, 4:41:02 AM

# ރާއްޖެ - ޕާކިސްތާން# ރައީސް މުއިއްޒު

--

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފާ ބައްދަލުކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ މިހާރު ރައީސް މުއިއްޒު އެމެރިކާއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އދ ގެ 79 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގައި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އާއި ބޮޑުވަޒީރު ޝަހްބާޒް ވަނީ ވިޔަފާރީގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، ދެޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް އިތުރުކުރުން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ޓަކައި ރާއްޖޭގެ ތަޖުރިބާގެ ބޭނުން ހިފުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި އެޑަޕްޓޭޝަން ސްޓްރެޓެޖީތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއިރު، ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެކަކު އަނެކަކަށް ބާރުއެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދަވާ "5 މިލިއަން ގަސްޕްރޮޖެކްޓް"ގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮޕް28 ގެ ތެރޭގައި ހުށަހެޅުއްވި މި މަޝްރޫޢަށް ޕާކިސްތާނާ ގުޅިގެން މަސައްކަތްކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ދެޤައުމުގެ ދެމެދުގައި، އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން ވަނީ ދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC