
ނިސްބަތުން ގައުމު ކުޑަވެފައި މީސްކޮޅު މަދަސް ދިވެެހީންގެ އަޑު މަޑުނޫންކަން ރައީސް ސާބިތުކޮށްދެއްވައިފި - އަބްދުއްރަހީމް
# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)--
ނިސްބަތުން ގައުމު ކުޑަވެފައި މީސްކޮޅު މަދަސް ދިވެެހީންގެ އަޑު މަޑުނޫންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް މަޖިލީހުގެ ރައީސް އަބްދުالله އަބްދުއްރަހީމް ވިދާޅުވުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ރޭ އދ ގައި ރައީސް މުއިއްޒު ދެއްވި ވަރުގަދަ ތަގުރީރަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ނިސްބަތުން ގައުމު ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ދިވެހީންގެ ރާއްޖޭގެ ރައީސް ސާބިތު ކޮށްދެއްވައިފި ކަމަށެވެ. އަދި ރައީސްގެ ހަރުދަނާ ސިޔާސަތާ މާދަމާއަށް ކުރައްވާ އުންމީދާ ދުނިޔެ މިއަދު ކުރިމަތިލާންޖެހިފައިވާ ބޮޑެތި މައްސަލަތަކަށް އަލި އަޅުވާލެއްވީ ހުއްޖަތާ ދަލީލުތައް ދައްކަވާ ދިވެހީން ފަޚުރުވެރިކުރުވަމުން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ރޭ އދ ގައި ދެއްވި ތަގުރީރަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަ އިރު ރައީސްގެ ތަގުރީރަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަންވެސް ވަނީ ހުއްޓިފައި އެވެ.
އެގޮތުން ރައީސް މުއިއްޒުގެ ތަގުރީރުގައި ދުނިޔެއަށް މިހާރު ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށާއި އިޒްރޭލު-ފަލަސްތީނު މައްސަލައާއި ގުޅިގެން ދިވެހީންގެ އަޑު ވަނީ މުޅި ދުނިޔެއަށް އިއްވަވައި ދެއްވާފައި އެވެ.
ގުޅުންހުރި

ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ

ފައިސަލް މަސައްކަތް ކުރެއްވީ ފުރިހަމަ އިހުލާސްތެރިކަމާއެކު, ފަހުރުވެރިވަން - އަބްދުއްރަހީމް

ވެރިކަމަށް ޝައުގެއް ނެތް, ބޭނުމީ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދޭން!
