
--
ޖަޕާނުގައ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މަސައްކަތް ކުރުމަށް "ޖަޕާން-މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ވޯކިންގް ގުރޫޕް" އިފްތިތާހްކޮށްފި އެވެ.

މި ގްރޫޕު އިފްތިތާހްކޮށްފައިވަނީ އިއްޔެ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އޮތް ރަސްމިއްޔާތެއްގައި އެވެ. އެގޮތުން އެރަސްމިއްޔާތުގައި އެގައުމުގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބައިވެރިވެފައި އެވެ.
ޖަޕާނުގެ ފާހަގަކޮށްލެވޭ ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރސް އަދި ޓްރެވެލް އެޑުވައިޒަރުންގެ 16 މެމްބަރުން އެކުލެވޭ ގޮތަށް އުފެއްދި މި ގުރޫޕުގެ މައިގަނޑު މަސަތްކަތެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ހެދުމުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އިތުރުކުރުމެވެ.
ޖަޕާނަކީ ކޮވިޑް 19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ ގައުމުތަކުގެ ތެރޭ ހިމެނޭ ގައުމެކެވެ. ނަމަވެސް ކޮވިޑް 19 އަށް ފަހު 2021 އަދި 2022 ވަނަ އަހަރު ފަތުރުވެރިންގެ އަދަދު ނިސްބަތުން ދަށަށް ދިޔަ ނަމަވެސް 2023 ވަނަ އަހަރު ޖަޕާނުން ރާއްޖެއަށް ދަތުރު ކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް އެހީވުމަށް، ޖައިކާ އިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ!

މާލޭގެ ތޮށި މަރާމާތުކުރުމަށް ޖަޕާނުން 10.5 އެމެރިކާ ޑޮލަރުގެ އެހީއެއް!

ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު ރާއްޖެ ވަޑައިގެންފި
