
އޯސިސް ލީޑަރުންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން ބަޔާނެއް ދެއްވައިފި
# މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ# އދ.--
އޯސިސް (އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް) ލީޑަރުންގެ ނާސްތާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ދިވެހިރާއްޖެއިން ބަޔާނެއް ދީފިއެވެ.

މިއަދު ނިއުޔޯކްގައި ބޭއްވުނު އދ. ގެ 79 ވަނަ ޖެނެރަލް އެސެމްބްލީގެ (ޔޫއެންޖީއޭ 79) ތެރޭގައި ކުދި ޖަޒީރާ ޤައުމުތަކުގެ އެލަޔަންސް (އޭއޯއެސްއައިއެސް) ގެ ލީޑަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ތާރިޤް އިބްރާހީމެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ތާރިޤް ވަނީ ކުރިއަށް އޮތް ސީއޯޕީ 29 ގައި ކުދި ޖަޒީރާ ޤައުމުތަކަށް ކާމިޔާބު މާލީ އެހީތެރިކަމުގެ ލަނޑުދަނޑިއެއް ހާސިލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެފައެވެ. މީގެ އިތުރުން، އޭބީއޭއެސް (އެޑްވާންސްޑް ބޭސްލައިން އެންޑް އެލައިންމަންޓް ސިސްޓަމް) ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ދެމިހުރި އަޒުމުވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، މި ކަންކަމަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް މުހިންމު ފުރުސަތެއް ކަމުގައި ބެލެވޭ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ބުނެއެވެ.
މި ބައްދަލުވުމުގައި، ކުރިއަށް އޮތް ސީއޯޕީ29 ބާކޫގައި ބޭއްވުމާ ދިމާކޮށް، ކުދި ޖަޒީރާ ޤައުމުތައް އެއް އަމާޒަކަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ. ޚާއްޞަކޮށް، އައު ޖަމާޢީ މިންގަނޑުތަކެއް ކަނޑައެޅުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އިސްކަންދޭ ކަންކަމާއި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދިމާވާ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމަށް ބާރުއަޅާ މުހިންމު ފޯރަމެއް ކަމުގައި ބެލެވެއެވެ. ދިވެހިރާއްޖެއިން މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެ، ޤައުމުގެ އަޑު އުފުލުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.
ގުޅުންހުރި

ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިންމާލައިފި

"ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" އިފްތިތާހުކޮށްފި

އީ-މޯބިލިޓީއާ ގުޅޭ ގައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި




