logoEN
cocacola
ބޯންމައުތު އަތުން މޮޅުވެ، ލިވަޕޫލް އެއްވަނައަށް

ބޯންމައުތު އަތުން މޮޅުވެ، ލިވަޕޫލް އެއްވަނައަށް

ހަސަން ޝަމްއޫން

logo

9/21/2024, 6:38:03 PM

# އިގިރޭސި ޕްރިމިއާ ލީގް# ބޭރު ދުނިޔޭގެ ކުޅިވަރު# ލިވަޕޫލް# ބޯންމައުތު

ބޯންމައުތު ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލުގެ ކުޅުންތެރިން އުފާފާޅުކުރަނީ..

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖައަކުން ބޯންމައުތު އަތުން މޮޅު ލަނޑުގެ ތަފާތުން ލީގު ތާވަލުގެއެއްވަނައަށް ލިވަޕޫލް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖައަކުން ޗެލްސީ އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ތިން ލަނޑުގެ ލީޑެއް ހޯދިއިރު، އޭގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް އެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ޑިއާޒް ކާމިޔާބުކުރިއިރު، މީއި އެޓީމުގެ ޑިފެންޑަރު އިބްރާހީމަ ކޮނޭޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލީވަޕޫލުން ލީޑު ފުޅާކުރި ލަނޑު އޭގެ ދެމިނެޓު ފަހުން ޑިއާޒް ކާމިޔާބުކޮށްދިނީ އެޓިމުގެ ޑިފެންޑަރު އެލެގްޒަންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު ފަސް މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުރުގުއޭގެ ފޯވާޑް ޑާވިން ނުނޭޒް އެވެ. މިއީ އެޓީމުގެ މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތްއިރު، މިމެޗުން ބަލިވި ބޯންމައުތު ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ