logoEN
cocacola
ބައިނަލްއަގުވާމީ ބައްދަލުވުންތަކުގެ މަގުސަދު ހާސިލްވޭ، ރާއްޖެ އޮތީ އެޑްވާންސް ލެވަލެއްގައި: ތޯރިގް

ބައިނަލްއަގުވާމީ ބައްދަލުވުންތަކުގެ މަގުސަދު ހާސިލްވޭ، ރާއްޖެ އޮތީ އެޑްވާންސް ލެވަލެއްގައި: ތޯރިގް

އަހުމަދު ޝުރާއު

logo

9/19/2024, 3:04:15 PM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

--

ރާއްޖެ އިން ބައިވެރިވާ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގެ މަގުސަދު ހާސިލުވާ ކަމަށާއި ކުދި ޖަރީޒާ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖެ އޮތީވެސް ވަރަށް އެޑްވާންސް ލެވަލެއްގައި ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިޤް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުގައި ޠާރިޤް ވިދާޅުވީ، ހަމައެކަނި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ބެލިޔަސް، ކުދި ޖަރީޒާ އެހެން ގައުމުތަކަށް ވުރެ ރާއްޖެ އިން ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

"އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ރާއްޖެ، މި ސިޑްސްގެ ގައުމުތަކަށް [ޖަޒީރާ ގައުމުތަކަށް] ބަލާ ކަމަށްވާ ނަމަ އެ ދާއިރާއިން އަޅުގަނޑުމެން ހާސިލް ކޮށްފައި މި އޮތީ ވަރަށް އުފާކުރަންވާ [ކާމިޔާބީއެއް] އަދި ރަނގަޅު ހިސާބެއްގައި މި އޮތީ. ވަރަށް މުހިންމު އެމްބިޝަސް ޕްލެޖުތަކެއް އަދި ކުރިއަށް އޮތް ތަނުގައި ވެސް ހާސިލްކުރަން ރައީސުލްޖުމްހޫރިއްޔާ ވެސް ވައުދުވެވަޑައިގެންފައި އޮތީ،" ޠާރިޤް ވިދާޅުވި އެވެ.

ޠާރިޤް މިހާރު ތައްޔާރުވެ ވަޑައިގަންނަވަމުން އަންނަނީ މި މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމާއި އެ ބައްދަލުވުމުގެ ހަވާސާގައި ބާއްވާ އިވެންޓުތަކަށެވެ. އޭގެ ތެރޭގައި ރާއްޖެއިން އިންތިޒާމުކުރާ ބައެއް ސައިޑް އިވެންޓުތައް ވެސް ހިމެނެ އެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ މިއަދު އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގަންނަވާނެ އެވެ.

މި މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޠާރިޤް ވިދާޅުވީ ތިމާވެއްޓާ ގުޅޭ އެކި ޕްރޮޖެކްޓުތައް ރާއްޖޭގައި ހިންގުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މަގުފަހިކޮށްދެނީ މި ކަހަލަ ބައިނަލްއަގުވާމީ ބައްދަލުވުންތައް ކަމަށެވެ. މިދިޔަ މެއި މަހު ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓީގާއި ބޭއްވި އދ. ގެ ކުދި ޖަޒީރާ ގައުމުތަކުގެ ބައްދަލުވުން "ސިޑްސް ކޮންފަރެންސް"ގެ ސަބަބުން ވެސް އެ ކަންކަން ފަހިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި ޠާރިޤް ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ވައުދާ އެއްގޮތަށް، މީހުން ދިރިއުޅޭ ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް މިދިޔަ އަހަރު ފެށި "މަގޭ ސޯލާ" ޕްރޮޖެކްޓަށް ބޭނުންވާ އިތުރު ފައިނޭންސް ވެސް އެ ކޮންފަރެންސަށް ފަހު ހަމަޖެހުމެވެ. ޖުމްލަ ތިން މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމް ހަރުކުރާ ގޮތަށް ފެށި އެ ޕްރޮޖެކްޓަށް އިތުރު ހަތަރު މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމް ހަރުކުރާނެ ފައިނޭންސް، އެ ކޮންފަރެންސްއަށް ފަހު ވަނީ ހަމަޖެހިފަ އެވެ.

އެ ސޯލާ ޕީވީ ނިޒާމުތައް އަންނަ މަހުގެ ނިލަޔަށް ރާއްޖެއަށް ގެނެވޭނެ ކަމަށް ވެސް ޠާރިޤް ވިދާޅުވި އެވެ.

"ސިޑްސް ކޮންފަރެންސް ކަހަލަ މީޓިންތަކުން އަޅުގަނޑުމެންނަށް އިތުރަށް މި ކަހަލަ ސިސްޓަމް އެންހޭންސް ކުރަން ފުރުސަތު ލިބިގެންދޭ،" ޠާރިޤް ވިދާޅުވި އެވެ.

އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން އިންތިޒާމުކޮށްގެން "ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގެ ނަމުގައި ބައްދަލުވުމެއް ބާއްވާނެ އެވެ. އެ ބައްދަލުވުމުގައި ރައީސް ޑރ.މުޢިއްޒު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.

ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ ވައުދެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ