logoEN
cocacola
ރާއްޖޭގައި ގުދުރަތީ ގޭހުން ހަކަތަ އުފައްދާ ނިޒާމެއް ގާއިމް ކުރުމަށް ހުށަހަޅައިފި

ރާއްޖޭގައި ގުދުރަތީ ގޭހުން ހަކަތަ އުފައްދާ ނިޒާމެއް ގާއިމް ކުރުމަށް ހުށަހަޅައިފި

އަލްފާ އަލީ

logo

9/18/2024, 6:13:05 AM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

-

ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ނުވަތަ ގުދުރަތީ ގޭސް ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފައްދަން ސިންގަޕޫރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ގޮސިޔާ

މި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ސިންގަޕޫރުގެ ޗީ އެނާޖީ ކުންފުނިންނެވެ. މި ޕްރޮޕޯސަލް ހުށަހެޅުމަށް އެކުންފުނިން ވަނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޗީ އެނަރޖީގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި، ރާއްޖޭގައި މޮޑިއުލަރ އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ޤާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ. މިއީ, ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ނިޒާމެއް ކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.

ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ނިންމާފައިވަނީ, ޗީ (ސިންގަރޕޫރ) އެނަރޖީގެ ފަރާތުން ހުށަހެޅި މި ޕްރޮޕޯސަލްއާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ