
ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަކީ ހޯމްޓީމުގެ އަމާޒު - އިހްސާން
# މިނިސްޓަރ އަލީ އިހްސާން# ރައީސް މުއިއްޒު--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގަތް ގޮތަށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަކީ ހޯމްޓީމުގެ އަމާޒު ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ގއ. ވިލިނގިލީގައި މިއަދު ފެއްޓެވުމަށް ފަހު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު މާލެ ފިޔަވައި އެހެން ރަށެއްގައި ޕްރިންޓް ކުރެވޭ ގޮތް ސަރުކާރުން ހެއްދެވިިއިރު ވިލިނގިލީގައި އައިޑީކާޑު ޕްރިންޓުކޮށް، ހަވާލުކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެއެވެ.
ވިލިނގިލީގައި އައިޑީކާޑުގެ ޚިދުމަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ރައީސް ޑރ. މުޢިއްޒު ވިލިނގިއްޔަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ވިލިނގިލީގައި އައިޑީކާޑުގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައި ކަމަށެވެ.
ވަޒީރު ވިދާޅުވީ މިފަދަ ޚިދުމަތެއް ވިލިނގިލީގައި ފެށިގެން ދިޔައީ ގއ. އަތޮޅު ކައުންސިލުން ކުރެއްވި ބުރަ މަސައްކަތުން ކަމަށާއި ކަމެއް ހާސިލްކުރުމަށްޓަކައި އެއް ޓީމެއްގެ ގޮތުގައި ގއ. އަތޮޅު ކައުންސިލުން ދެއްކެވީ ރީތި މިސާލެއް ކަމަށެވެ.
ގުޅުންހުރި

ސައުދީ އަރަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެއިން ފުރާވަޑައިގެންފި

އެމްޑީޕީ ސަރުކާރުގައި ރާއްޖޭގައި ތަމްސީލުކުރީ ޕްރޯ އިޒްރޭލް ޕޮލިސީއެއް: ރައީސް

ރައީސްގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް އިންދި ގަހުގެ އަދަދު 2 މިލިއަނަށް ގާތްކުރޭ




