logoEN
WAMCO TOP 1
އޭ.ޑީ.ބީން ބަންގްލަދޭޝަށް އާ ކަންޓްރީ ޑިރެކްޓަރެއް!

އޭ.ޑީ.ބީން ބަންގްލަދޭޝަށް އާ ކަންޓްރީ ޑިރެކްޓަރެއް!

އަހުމަދު ޝުރާއު

logo

9/18/2024, 8:45:29 AM

# އޭޑީބީ

--

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ބަންގްލަދޭޝަށް އާ ކަންޓްރީ ޑިރެކްޓަރަކު ޢައްޔަންކޮށްފިއެވެ.

THE TRAVELLER AD

މިގޮތުން މި މަޤާމަށް ޢައްޔަންކޮށްފައިވަނީ ހޯ ޔުން ޖޮންގް އެވެ. އޭނާއަކީ މި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. 15 އަހަރު ދުވަހު އޭ.ޑީ.ބީ އަށް ޚިދުމަތްކޮށްދެއްވާފައިވާ ޖޮންގް ވަނީ ކޮރެއާގެ މިނިސްޓްރީ އޮފް ސްޓްރެޓަޖީ އެންޑް ފިނޭންސްގެ އިސް މަޤާމުތައް ފުރުއްވައިފައެވެ.

2009 ވަނަ އަހަރު އޭ.ޑީ.ބީ އާ ގުޅުމަށްފަހު ސަރަޙައްދީ ގުޅުމާއި ހިންގުމުގައި އޭނާ ވަނީ ގިނަ މަސައްކަތްތައް ކޮށްފައެވެ. ޖޮންގް އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވޮޝިންގްޓަން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ކޮރެއާގެ ސޯލް ނޭޝަނަލް ޔުނިވަރސިޓީން އިކޮނޮމިކްސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ފަރާތެކެވެ.

ބަންގްލަދޭޝް އޭ.ޑީ.ބީގެ މެންބަރަކަށް ވީ 1973 ވަނަ އަހަރުގައެވެ. އޭ.ޑީ.ބީން ވަނީ ކޯފައިނޭންސިންގ އާއެކު ލޯނާއި ގްރާންޓްގެ ގޮތުގައި އެ ޤައުމަށް މިހާތަނަށް 61 ބިލިއަން އެމެރިކާ ޑޮލަރު ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC