logoEN
cocacola
ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އަލްފާ އަލީ

logo

9/18/2024, 6:03:49 AM

# ސްޓެލްކޯ

-

ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ގޮސިޔާ

ސްޓެލްކޯ އިން ބުނީ, މާލެ ސިޓީ، އަލިކިލޭގެފާނު މަގު، ކަޅުހުރާ މަގު، ބޮކަރުމާ ގޯޅި ހިމެނޭ ސަރަޙައްދާއި, ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އަސްރުމާ ހިނގުން، ޗަނބޭލީ މަގު ގޯޅި 3 (ފްލެޓް 138_133) ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 13:00 އިން ފެށިގެން 15:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސްޓެލްކޯ އިން ބުނެފައިވާގޮތުގައި ކަރަންޓު ކަނޑާލަނީ ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ސްޓެލްކޯ އިން އަންނަނީ މާލެ ސަރަހައްދުގަ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް ސްޓެލްކޯއިން ދުރާލާ އަންގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ